ކުޅިވަރު

އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރިސޯޓްތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 15ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިއަންނަ މަހުގެ 1ވަނަ ދުވަހެވެ. އަދި ޓީމް ލިސްޓް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިއަންނަ މަހުގެ 8ވަނަ ދުވަހެވެ.

މިދިޔަ އަހަރު އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 5 ޒޯންއަކަށް ބަހާލައިގެންނެވެ. މިއަހަރުގެ އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގައި މިދިޔަ އަހަރު ބައިވެރިވި 5 ޒޯންގެ އިތުރުން، އިތުރު ޒޯންތަށްވެސް ބައިވެރިވާނެކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ.