ވިޔަފާރި

މާމުނާގައު ރިސޯޓު ހުޅުވުން އަންނަމަހުގެ 1 ވަނަ ދުވަހު


ރާއްޖޭގައި ހުޅުވާ އިންޓަރ ކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް، އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓު އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެ ކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ.

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ސްޕާއެއްގެ ޙިދުމަތާއި ތަފާތު އެކި ކަހަލަ މޫދު ކުޅިވަރުތަކަށް ޙާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރއެއްވެސް އެ ރިސޯޓުގައިހުރެއެވެ.