ވިޔަފާރި

ހިލްޓަން ބްރޭންޑުގެ 120 ހޮޓާ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އަަޅަނީ


ރާއްޖޭގައި ރިސޯޓް ހިންގާ މަޝްހޫރު ހިލްޓަންއިން އޭޝިޔާ ފެސިފިކް ސަރަހައްދުގައި އެ ބްރޭންޑްގެ 120 ހޮޓާ އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ..

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ. މިއާއިއެކު ހިލްޓަންއިން އޭޝިޔާ ފެސިފިކް ސަރަހައްދުގައި ހިންގާ އަދި އިމާރާތްކުރަމުންދާ ހޮޓާތަކުގެ އަދަދު 845 އަރާނެއެވެ. ހިލްޓަންއިން އަލަށް އިމާރާތްކުރާ ހޮޓާތައް އަޅާ ބައެއް ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، ޖަޕާން ހިމެނެއެވެ.

ހިލްޓަންއިން މިހާރުވެސް ރާއްޖޭގައި އެ ބްރޭންޑްގެ 2 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ ކޮންރަޑް މޯލްޑިވްސް ރަންގަލީގެ އިތުރުން ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިއެވެ.

ކޮންރަޑް މޯލްޑިވްސް ރަންގަލި އަކީ ހިލްޓަންގެ މަޝްހޫރު ކޫރިއޯ ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. މި ރިސޯޓުގައި 198 ގެސްޓް ރޫމް ހުންނައިރު، އޭގެތެރޭގައި އޯވަރ ވޯޓަރ ވިލާތަކާއި ބީޗް ވިލާތައްވެސް ހިމެނޭނެއެވެ. އަދި ޑިއުޓީ ފްރީ ޝޮޕްތަކާއި ބީޗް ކްލަބް، ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ، ކަލްޗަރަލް ކްލަބް އަދި ކިޑްސް ކްލަބްވެސް ހިމެނޭހެނެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވޯލްޑޯފް ރިސޯޓަކީ މާލެ އަތޮޅު އިތާފުށީގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި 122 ވިލާހުރެއެވެ. މީގެތެރޭގައި އޯވަރ ވޯޓަރ ވިލާއާއި ރީފް ވިލާ އަދި ބީޗް ވިލަރ ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލްއެއް ވަނީ ތަރައްޤީކޮށްފައެވެ. މި ރިސޯޓް މީގެކުރިން ވަނީ ސީއެންއެންއިން އިއުލާންކުރި އޭޝިޔާގެ އެންމެ ހިތްގައިމު ރިސޯޓުގެ ލިސްޓުގެ 5 ވަނައިގައިވެސް ހިމެނިފައެވެ. ހިލްޓަންއަކީ އެމެރިކާގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެކެވެ.