ކުޅިވަރު

ލެވިސްތަރ ކަޕް: ފައިނަލްގެ ފަހު ޖާގަ އެމް.އޭ ޔުނައިޓެޑް ހޯދައިފި


ބޮޑު ޢީދު ބަންދާ ދިމާކޮށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ލެވިސްތަރ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެމްއޭ ޔުނައިޓެޑުން ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޔުނައިޓެޑް ވީ އާ ދެކޮޅަށް ކުޅެ އެމްއޭ އިން މިމެޗް ކާމިޔާބުކުރީ 3-1 އިންނެވެ.

މިމެޗްގައި ފުރަތަމަ ހާފްގައި ލަނޑު ޖަހާ ކުރި ހޯދީ ޔުނައިޓެޑް ވީ އިންނެވެ. ދެވަނަ ހާފްގައި އެމްއޭއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހައްފާފް ސިދުގީއެވެ. އެމްއޭ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑް ނެގީ މެޗް ނިމެން 12 މިނެޓަށްވެފައިވަނިކޮށް އެޓީމަށްކުޅޭ ބިދޭސީ ކުޅުންތެރިއާ އަލީ ސައީދެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ، އެމްއޭގެ ކުޅުންތެރިއަކަށް އޭރިއާ ތެރެއިން ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން 3ވަނަ ލަނޑުޖަހާ ފައިނަލުން ޖާގަކަށަވަރުކުރިއެވެ. މިލަނޑުވެސް ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށްހޮވުނު އެމްއޭ ޔުނައިޓެޑްގެ ބިދޭސީ ކުޅުންތެރިއާ އަލީ ސައީދެވެ.

މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެމްއޭ ޔުނައިޓެޑް ނިކުންނާނީ މިފަހަރުގެ މުބާރާތައް އެންމެ ބޮޑަށް ތައްޔާރުވި ސައިނޯސާ އާ ދެކޮޅަށެވެ.