ޚަބަރު

މަހިބަދޫގެ ގެއަކުން ވަގަށްނެގި ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި


އދ.މަހިބަދޫގެ ގެއަކުން ވަގަށްނެގި 46،000 ދިވެހި ރުފިޔާ އާއި 84 ޔޫއެސް ޑޮލަރު ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މަހިބަދޫ ގެއަކުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ހުށަހައަޅާފައިވަނީ އިއްޔެ 17:46 ހާއިރުކަމަށެވެ. އަދި އެމައްސަލާގައި ޝައްކު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވަގަށްނަގާފައިވާ ފައިސާތައް ފޮރުވާފައިވަނިކޮށް ހޯދާފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މި ފައިސާ ހޯދާފައިވަނީ މައްސަލަ ހުށަހެޅުނުތާ 7 ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.