އަތޮޅުތައް

ބެސްޓްއޯލްރައުންޑަށް 12،000 ރުފިޔާގެ އިނާމެއް ކައުންސިލަުންދީފި


ނ. މިލަދޫ ހިދާޔާ ސްކޫލުގެ 2014 ވަނަ އަހަރުގެ އަހަރީ އިނާމުު ދިނުމުގެ
ޖަލްސާ އެސްކޫލުގައި ބާއްވައިފިއެވެ.



މިލަދޫ ހިދާޔާ ސްކޫލުގައި އޮތް އެރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނ. އަތޮޅު
ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޝަރީފްއެވެ.



އެ ރަސްމިއްޔާތުގައި 2014 ވަނަ އަހަރު އެސްކޫލުގެ ޚާޢްސަ ވަނަތަކަށް ހޮވުނު
ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފްވެރި
މެހްމާން ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަރީފްއެވެ.



2014 ވަނަ އަހަރު އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް
ހޮވިފައިވަނީ އެރަށު މުނައްވަރުގޭ ޢާއިޝަތު މަލްދާއެވެ. މަލްދާ ވަނީ މިދިޔަ އަހަރުގެ
އޯލެވެލް އާއި އެސް.އެސް.ސީ އިމްތިހާނުގައި 6 މާއްދާއިން ޑިސްޓިންގޝަން ހޯދާ 90
ޕޮއިންޓާއި އެކު ނެޝަންލް ޓޮޕް ޓެންގެ 4 ވަނަ ހޯދާފައެވެ. ހުރިހާ ގޮތަކުން އެންމެ
ރަނގަޅު ދަރިވަރަށް މިލަދޫ ކައުންސިލްގެ އިދާރާއިން 12،000 ރުފިޔާގެ ފައިސާގެ
އިނާމެއް ހުށަހަޅާފައިވެއެވެ. މިޖަލްސާގައި ޝަރަފްވެރި މެހެމާން ދެއްކެވި
ވާހަކަފުޅުގައި މާދަމާއަށްޓަކާ  ރަނގަޅު
ހަރުދަނާ ޖީލެއް ބިނާ ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.