ކުޅިވަރު

ލެވިސްޓަރ ކަޕް: ފަސޭހަ މޮޅަކާއެކު ސައިނޯސާއިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި


އެންމެ ފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކޮޅަށް ހަ ލަނޑު ޖަހައި ލެވިސްޓަރ ކަޕް ގެ ފައިނަލްގެ ފުރަތަމަ ޖާގަ ސައިނޯސާއިން ހޯދައިފިއެވެ.

މިމެޗްގައި ސައިނޯސާއިން ޖެހި 6 ކަނޑުގެ ތެރެއިން 5 ލަނޑު ޖަހައިދީފައިވަނީ އަލީ އަޝްފާގެވެ. ސައިނޯސާއިން ޖެހި އަނެއް ލަނޑު ޖަހައިދިނީ މުޙައްމަދު އުމައިރުއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގެވެ.

މި މުބާރާތުގެ ސެމީ ފައނަލްގެ ދެވަނަ މެޗް މާދަމާ ކުޅޭއިރު ބައްދަލު ކުރާނީ އެމް އޭ ޔުނައިޓެޑާ، ޔުނައިޓެޑް ވީއެވެ. މި މެޗު ކުޅޭނީ މާދަމާ ހަވީރު 03:50 ގައި އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައެވެ.

ކޮންމެ އަހަރެއްގެ ބޮޑުއީދު ބަންދުގައި އޭދަފުށީގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތް މިފަހަރު އިންތިޒާމް ކުރަނީ ބ.އޭދަފުށީގައި އަލަށް އުފެއްދި ޖަމްއިއްޔާއެއްކަމަށްވާ ވެލާ ސްޕޯޓްސް ކުލަބުންނެވެ.