ސިއްހަތު

އަނަންތަރާގެ 67 މުވައްޒަފުން ލޭ ހަދިޔާ ކޮށްފި


އަންނަތަރާ މޯލްޑިވްސްގެ 67  މުވައްޒަފުން އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް
ލޭ ހަދިޔާކޮށްފިއެވެ. އަންނަތަރާ މޯލްޑިވްސް ދަނީ މިދިޔަ އަހަރުން ފެށިގެން
ތެލެސީމިއާ ކުދިންނަށާއި ލޭބޭނުންވެފައިވާ އެހެން ފަރާތްތަކަށް ލޭ ހަދިޔާކުރުމުގެ
ޕްރޮގްރާމް ކުރިއަށް ގެންދަމުންނެވެ.





ރާއްޖޭގައި ތެލެސީމިއާ ލޭ
އަޅާކުދިން އާބާދީގެ ނިސްބަތުން ގިނަވަމުން އަންނައިރު އަބަދުވެސް އޮންނަނީ ލޭ
ބޭނުންވެފައިވެއެވެ. އިންސާނިއްޔަތަށްޓަކައި ކުރެވޭ އެންމެ ހެޔޮކަންތަކުގެ
ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމަކީ ހަދިޔާކުރެވޭ ލޭ ފޮދެއްގެ ސަބަބުން މީހެއްގެ
ފުރާނަ ސަލާމަތްކުރެވޭކަމެކެވެ.



އަނަންތަރާ މޯލްޑިވްސް
ހިންގަމުން އަންނަ މައިނާ ގުރޫޕްގެ ފައުންޑަރ ގެ އުފަންދުވަހާއި ގުޅުވައިގެން އެ
ރިސޯޓުން މިދިޔަ އަހަރުން ފަށައިގެން އަންނަނީ ލޭ ހަދިޔާކުރަމުންނެވެ. އެގޮތުން
މިއަހަރުވެސް ކުރިއަށް ގެންދާ ކަންތައް ތަކުގެ ތެރެއިން ވަނީ ފަސްދޮޅަސް ހަތް
މުވައަޒަފުން ލޭ ހަދިޔާކޮށްފައެވެ. ލޭ ހަދިޔާކުރި މުވައްޒަފުންގެ ތެރޭގައި އެކި
އެކި ޑިޕާޓްމަންޓް ތަކުގައި ހިމެނޭ ދިވެހި އަދި ބިދޭސީ މުވައްޒަފުންވަނީ
މިކަމުގައި ވަރަށް ބޮޑަށް އެއްބާރުލުން ދީފައެވެ.



ލޭ ހަދިޔާކުރި މުވައްޒަފުން
ބުނީ މިކަން ކުރީ އިންސާނިއްޔަތަށްޓަކައި ލޭ ބޭނުންވެފައިވާ ފަރާތްތަކަށް
އެހީތެރިވުމުގެ ގޮތުންކަމަށެވެ.



އެ ރިސޯޓްގެ ހިއުމަން ރިސޯސް
ޑިޕާޓްމަންޓްގެ ފަރާތުން ވާހަކަދެއްކެވި އަހްމަދު ހަމްދޫން ވިދާޅުވީ، މައިނާ ޑޭ
ފާހަގަކުރުމުގެ ގޮތުން މިއަހަރު އަދި ވެސް ކުރިއަށް ޙަރަކާތްތަކެއް ރޭވިފައިވާ
ކަމަށެވެ.



އަނަންތަރާގެ ދުއިސައްތަ
ވަރަކަށް މުވައްޒަފުން މިދިޔަ އަހަރު ނޭޝަނަލް ތެލެސީމިއާ ސެންޓަރަށް ލޭ
ހަދިޔާކޮށްފައިވާ އިރު، މާލޭ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ
މަރުކަޒާއި އެ ރަށު ޕްރީސްކޫލަށްވެސް ކޮންމެ އަހަަރަކު ގިނަ އެހީތަކެއް
ވަމުންދެއެވެ.