ކުޅިވަރު

ފީފާގެ ރައީސް ކަމަށް 5 ވަނަ ދައުރަކަށް ސެޕް ބްލެޓަރ


ފީފާގެ ރައީސް ކަމަށް ފަސް ވަނަ ދައުރަކަށް ސެޕް ބްލެޓަރ އިންތިހާބުވެއްޖެއެވެ.ބްލެޓަރ އިންތިހާބުވީ ވޯޓްގެ ތިންބައިކުޅަ ދެބައި ވޯޓް އެއްވެސް ބޭފުޅަކަށް ނުލިބުމުން ދެވަނަ ބުރަކަށް ދިއުމުން ޕްރިންސް އަލީގެ ނަން ފުޅު އަނބުރާ ގެންދެވުމުންނެވެ.ވޯޓްގައި ބްލެޓަރއާ ވާދަކުރެއްވީ ޕްރިންސް އަލީ އެކަންޏެވެ.ފީފާގެ ދުއިސައްތަ ނުވަ މެމްބަރު ޤައުމުގެ މެދުގައި ނެގި ވޯޓުގެ ފުރަތަމަ ބުރުގައި ބްލެޓަރއަށް ލިބި ވަޑައިގަތީ 133 ވޯޓެވެ. ޕްރިންސް އަލީއަށް ލިބިވަޑައިގަތީ 73 ވޯޓެވެ.ދެވަނަ ބުރުގެ ވޯޓް ކާމިޔާބު ކުރަން ބޭނުންވާނީ ސަތޭކަ ފަސް ވޯޓެވެ. ނަމަވެސް ދެވަނަ ބުރަކަށް ދިއުމާއެކު ޕްރިންސް އަލީ ނިންމެވީ ނަން އަނބުރާ ގެންދެވުމަށެވެ.ފީފާގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިފައިވަނީ 209 ޤައުމަކަށެވެ.ފަސްވަނަ ދައުރަކަށް ބްލެޓަރ އިންތިހާބު ކާމިޔާބުކުރެއްވުމުމަށްފަހު ވިދާޅުވީ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރާ ކަމަށާއި، ފީފާގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ. މިފަހަރުގެ އިންތިހާބާ ދިމާކޮށް ފީފާގެ ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވިކަން ފާހަގަކޮށްލެވެއެވެ.