ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ 2 ފަތުުރުވެރިން ފެނިއްޖެ


ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ވީނުވީއެއް ނޭއްގި ގެއްލުނު 2 ފަތުރުވެރިން ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް މި ދެމީހުން ރިސޯޓަށް އަރާފައިވާކަމަށް އއ.މޫފުށި ރިޒޯޓާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެމްއެންޑިއެފުން ވިދާޅުވީ އެދެމީހުންފެ ޙާލުވެސް ރަނގަޅުކަމަށެވެ.

އއ.މޫފުށި ފަޅުތެރެއަށް ސްނޯކްލިންއަށް ފޭބި ދެ ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:20ހާއިރުއެވެ. ގެއްލުނު ދެމީހުންނަކީ ޓުއަރިސްޓުންގެ ގޮތުގައި ޖަރުމަނުން އައިސްއުޅޭ ދެމަފިރިންނެވެ. މި ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުންވަނީ މި މީހުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މިމީހުން ސަލާމަތްތެރިކަމާއެކު މިހާރު ރިސޯޓަށް އަރާފައިވާކަމަށް އެރިޒޯޓްގެ މެނޭޖްމަންޓުން ވިދާޅުވެއެވެ.