ޚަބަރު

ފީވަކު ސިއްޙީ މަރުކަޒުގެ ލެބޯޓަރީގެ ޚިދުމަތްދޭން ފަށައިފި


ށ.އަތޮޅު ފީވަކު ސިއްޙީ މަރުކަޒުގެ ލެބޯޓަރީގެ މަސައްކަތް ނިންމައި ޙިދުމަތްދޭން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ށ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ޒުމްރަތު ވިދާޅުވީ ރޭ ޚިދުމަތްދޭންފެށި ފީވަކު ސިއްޙީ މަރުކަޒުގެ ލެބޯޓްރީން، ޢާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދޭނެކަމަށާ، އޭގެތެރޭގައި ލޭގެ ޓެސްޓް ތަކާއި ޢާންމުކޮށް ހަދަންޖެހޭ މުހިންމު އެހެނިހެން ޓެސްޓްތައްވެސް ހިމެނޭކަމަށެވެ.

މިދިޔަ ޖޫންމަހުގެ ތެރޭގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުއްﷲ އަމީން ށ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައިވަނީ، ފީވަކަށް ވަޑައިގެން އެރަށު ސިއްޙީ މަރުކަޒުގެ ލެބޯޓްރީގެ މަސައްކަތް ބައްލަވާ ލައްވައި އެތަން ހުޅުވުމަށް ފުރިހަމަކުރަންޖެހޭ ކަންކަމާ ބޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.

ފީވަކުގައި ލެބޯޓްރީގެ ޚިދުމަތްލިބުމަކީ އެރަށުގެ ސިއްޙީ ޚިދުމަތަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ރައްޔިތުން ދެކެއެވެ.