ޚަބަރު

އައިއޭސީ - ނަމޫނާ އިސްލާމީ ޙަރަކާތެއް!


އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ރާއްޖޭގައި ފެށި ހަރަކާތެކެވެ.

މި ކެމްޕެއިނުންވަނީ ސޫރިޔާގެ އެކިސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަހަރުގެ އަޟުހާ ޢީދު ދުނިޔޭގެ ހުރިހާ މުސްލިމުން އުފަލާއިއެކު ފާހަގަކުރަމުން އަންނައިރު ހާލުގައި ޖެހިފައިތިބި މުސްލިމުންގެމަތިން އައިއޭސީ ހަނދާނެއް ނުނެތެއެވެ. މުސްލިމުންގެ އެއްބައިވަންތަކާއި، މި އުންމަތަކީ އެއް ހަށިގަނޑެއްކަމުގެ މިސާލު އެންމެބޮޑަށް ފެންނަންޖެހޭ ޢީދުގައި، ޙާލުގައި ޖެހިފައިވާ މުސްލިމުންވެސް ބައިވެރިކޮށް އުފާވެރި ވަގުތަކެއް ހޯދައިދިނުމަކީ އައިއޭސީގެ އެއް ބޭނުމެވެ.

މެލޭޝިއާގައި ދިރިއުޅެމުންދާ ރޮހިންޔާ މުސްލިމުންނާއި ފަލަސްޠީނުގެ ޣައްޒާއާއި ސޫރިޔާގައި ދިރިއުޅޭ މުސްލިމުންގެ އިތުރުން އެހެނިހެން ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ އިސްލާމީ އުންމަތުގެ އަހުލުވެރިންނަށް އެހީތެރިވުމުގެ ގޮތުން އުޟްހިޔާ ކަތިލުމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ އެމީހުންނަށް ވަނީ ހުޅުވާލާފައެވެ.

އެކި ފަރާތްތަކުގެ އެހީއާއެކު އުޟްޙިޔާ ކަތިލުން މިއަދުވަނީ ފަށާފައެވެ. ސޫރިޔާއާއި ޣައްޒާގައި ކަތިލާ ޤުރުބާނީގައި ބައިވެރިވުމުގެ ފުރުސަތު 12 އޯގަސްޓް ގެ 12:00 އާހަމައަށް ވަނީ ހުޅުވާލާފައެވެ. މިހާތަނަށް އައިއޭސީން ޖުމުލަ 127 ގުރުބާނީ ވަނީ ކަތިލާފައެވެ. އޭގެތެރޭގައި 14 ގެރިއާއި ބަކަރިއާއި ކަންބަޅި ހިމެނޭގޮތަށް 113 ގުރުބާން ވަނީ ކަތިލާފައިވެއެވެ.

މިއަހަރުގެ އަޞުޙާ ޢީދާ ގުޅިގެން އުޞްހިޔާ ކަތިލުމުގެ ޙަރަކާތްތައް މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސްވަނީ ކުރިއަށްގެންގޮސްފައެވެ. މިއަހަރު މިޙަރަކާތް ސިނާޢީ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވަނީ އަމިއްލަ ޖަމްޢިއްޔައެއްކަމަށް ޖަމްޢިއްޔަތުލްއިސްލާމްގެ ފަރާތުންނެވެ. އެޖަމާޢަތުންވަނީ 700އަށްވުރެ ވުރެ ގިނަ ބަކަރި ކަތިލާފައެވެ.

އަޟުހާ ޢީދު ދުވަހު އުޟުހިޔާ ކަތިލުމަކީ ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވެގެންވާ ވަރަށްމަތިވެރި އަޅުކަމެކެވެ. އުޟުޙިޔާގެ ގޮތުގައި ކަތިލަންޖެހެނީ ނަޢަމްސޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރެކެވެ