ޚަބަރު

މިއަދު ހަވީރު ހުޅުމާލޭއާއި މާލޭގައި އިންޖީނުލީ އުޅަނދު ނުދުއްވޭނެ


ޢީދު ދުވަހާއި ގުޅިގެން މިއަދު ހަވީރު މާލެއާއި ހުޅުމާލޭގައިވެސް އިންޖީނުލީ އުޅަނދު ނުދުއްވޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރިއިން ހަމަޖައްސައިފިއެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ މިއަދު ހަވީރު 16:30އިން ފެށިގެން 18:30އަށެވެ. މިގަޑިތަކުގައި މާލެ އަދި ހުޅުމާލޭގައިވެސް ދުއްވޭނީ ހަމައެކަނި ހުއްދަ ދީފައިވާ އިންޖީނުލީ އެއްގަމު އުޅަނދުތައް އެކަނި ކަމަށެވެ.

ފައިމަގުގައި ހިނގާފައިއުޅޭގޮތަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި، އެމްބިއުލާންސްއާއި، ފުރާ މީހުން އުފުލުމަށް ހުއްދަ ދީފައިވާ އުޅަނދުތަކާއި، ބަހުގެ ޚިދުމަތާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެއާއި ހުޅުމާލޭގެ އިތުރުން އީދު ދުވަހު ހަވީރު ވިލިނގިލީގައިވެސް އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެެވެ. އެ މިނިސްޓްރީން ވިދާޅުވީ މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ. ޓްރާނސްޕޯޓް މިނިސްޓްރީއިން އަންނީ ޚާއްސަ ދުވަސްތަކުގެ ބައެއް ގަޑިތަކުގައި އިންޖީނުލީ އުޅަނދަށް ނުދުއްވޭގޮތަށް ހަމަޖައްސަމުންނެވެ.