ޚަބަރު

ބީޓުބީ "ޢީދު ސޭލް ފެސްޓިވަލް ނައިޓްމާކެޓް" މިމަހު 15 ގައި


ބީޓުބީ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޢީދު ސޭލް ފެސްޓިވަލް ނައިޓްމާކެޓް" މިމަހުގެ 15ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އަޟުހާ ޢީދާ ދިމާކޮށް ހުޅުވިގެންދާ މިނައިޓް މާކެޓް ވެގެންދާނީ މިއަހަރު ބާއްވާ އެންމެ އަގުހުރި އަދި އެންމެކުލަގަދަ މާކެޓަށްކަމަށް ބީޓުބީން މައުލޫމާތުދެއެވެ. އަދި ތަފާތު ބާވަތްތަކުގެ މުދާ ހެޔޮއަގެއްގައި ގަތުމަށް ލިބޭ ފުރުސަތެއްކަމަށްވެސް ބީޓުބީންބުނެއެވެ.

ބީޓުބީގެ އީދުސޭލް ފެސްޓިވަލް ނައިޓްމާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 15އިން 21އަށެވެ. ނައިޓްމާކެޓް ކުރިއަށްދާނީ ހުޅުމާލޭ ރުއްގަނޑު 2، ސަރަހައްދުގައެވެ. އެއާއެކު އަދިވެސް ސްޓޯލްތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީޓުބީން ބުނެއެވެ. ބީޓުބީން ބުނީ ސްޓޯލް ގަތުމަށް ބީޓުބީގެ ވެބްސައިޓުންނާއި ހޮޓްލައިނުން މަޢުލޫމާތު ލިބޭނެކަމަށެވެ.

ބީޓުބީ މޯލްޑިވްސްއަކީ ސަޕްލައި ޑޮޓް އެމްވީގެ ނަމުގައި ވަކިއުސޫލުތަކެއްގެ ދަށުން ވިޔަފާރިތަކާއި ސަޕްލަޔަރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެކެވެ. އަދި ނައިޓްމާކެޓްގައި އެކި ވިޔަފާރިތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް ބީޓުބީން ބުނެއެވެ.