ޚަބަރު

ފިޔަވަތިން ފިލި 7 ކުދިން ފެނިއްޖެ


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހުންނަ ފިޔަވަތިން ފިލި 7 ކުދިން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:10 ހާއިރު ފިޔަވަތިން 7 ކުއްޖަކު ފިލިކަމުގެ ރިޕޯޓް ލިބުނުކަމަށެވެ. އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަަސައްކަތުން އެ ކުދިން ފެނިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުރި ފެންސެއްގެ މައްޗައް އަރާ ތިއްބާކަމަށެވެ. އަދި މިހާރު އެކުދިން ފިޔަވައްޗާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލޭގައި ހުންނަ "ފިޔަވަތި" މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް މިނިިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.