ޚަބަރު

އިތުރަށް އަގުނެގި 6 ޑްރައިވަރަކު ޖޫރިމަނާކޮށްފި


ޓެކްސީ ދަތުރުތަކަށް އަގު ނެގުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ފައިސާ ނެގި 6 ޑްރައިވަރަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ޑްރައިވަރުން ޖޫރިމަނާ ކުރީ މި މަހުގެ ހަތް ވަނަ ދުވަހުން ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާގޮތަށް، ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގުނަމާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ވަނީ އެޤަވާއިދަށް އަމަލު ނުކުރާ ޑްރައިވަރުންގެ މައުލޫމާތު ފޮނުވުމަށް ވައިބަރ ނަންބަރެއްވެސް ކަނޑައަޅާފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ޓެކްސީ ދަތުރުތަކުން ނެގުމަށް އަލަށް ކަނޑައެޅި އަގުތަކަކީ މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް 75 ރުފިޔާ، މާލެ-ހުޅުލެ އަދި ލުޅުލެ-ހުޅުމާލެ އާއި ދެމެދު ކުރާ ދަތުރުތަކަށް 60 ރުފިޔާއެވެ. އަދި ދާގީނާ އަގު ހިމެނޭހެން މާލެއާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ.