ޚަބަރު

ރައީސްގެ ދެ ކަނބަލުންގެ ހާއްސަ ހަދިޔާއެއް


ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް މާލޭގައި ދިރިއުޅޭ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށާއި އެކަނިވެރި މައިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަރާތްޕުޅުންދެވޭ ހަދިޔާއެއް ދެއްވަން ފަށްޓަވައިފިއެވެ.ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން އިއްޔެ ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކަނިވެރި މައިންގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި އެފަރާތްކާއި ބައްދަލުކޮށްލައްވައި ޙާލު އަހުވާލު ބައްލަވާފައެވެ.މިހަދިޔާ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށާއި އެކަނިވެރި މައިންނަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ ނަންފުޅުގައި ދެއްވާ މިހަދިޔާގެތެރޭގައި ހިމެނެނީ ހަނޑުލާއި ކަދުރުކަމަށެވެ. އަދި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ރައީސްގެ ދެކަނބަލުންގެ ނަންފުޅުގައި މިހަދިޔާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި އެކަން މިހާރު ހިގަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.