ޚަބަރު

މާލެއަށް ދަތުރުކުރި ލޯންޗެއް ށ.އަތޮޅު ފަރަކަށް އަރައިފި


ހަތަރު މީހުންނާއިއެކު ށ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއް ށ.އއަތޮޅު ފަރަކަށް އަރައިފިއެވެ.

މިޙާދިސާ ހިންގިއިރު އެލޯންޗުގައި ތިބީ، ލޯންޗުގައި މަސައްކަތް ކުރާ 4 ފަޅުވެރިންނެވެ. ރޭ ދަންވަރު ހިންގި މިޙާދިސާއާގުޅިގެން އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށާއި، ފަރަށް އެރިއިރު ލޯންޗުގައި އެއްވެސް ޕަސެންޖަރަކުވެސް ނެތްކަމަށެވެ.

ފަރަށް އެރި ލޯންޗަކީ "ރޯޔަލް ސްޕީޑް" ނަމަކަށްކިޔާ 43 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗް އަރާފައިވަނީ ދެކެނަންފަރު ކިޔާ ފަޅު ރަށެއް ކައިރީގައި އޮތް ފަރަކަށެވެ.

ލޯންޗް ފުކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ލޯންޗުގެ ވެރިފަރާތް ގުޅިގެންދަނީ ކުރަމުންނެވެ. އެގޮތުން އެމްއެންޑީފްގެ ޑައިވަރުންނާއި، އިތުރު އުޅަދެއް ހޯދައިގެން ލޯންޗު ފުންކުރުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރަމުންނެވެ.

ރާއްޖޭގެ މޫސުން ގޯސްވާ ދުވަސްވަރު އާއްމުކޮށް ފަރަށް އެރުމުގެ ޙާދިސާތައް އިތުރުވެއެވެ. މި ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް އާދައިގެ ވަރަކަށް ވިއްސާރަކޯށް ކަނޑު އާދަގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުންވެސް ވަނީ ބުނެފައެވެ.