ޚަބަރު

އިފުރު އެއާޕޯޓު ރަސްމީކޮށް، ރައީސް ހުޅުއްވައިދެއްވައިފި


ރ އަތޮޅު އިފުރު
އެއަރޕޯޓް ރަސްމީގޮތުން ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް
މިއަދު ހުޅުއްވައިދެއްވައިފިއެވެ.



އެއަރޕޯޓް
ހުޅުއްވައިދެއްވީ މިކަމަށްޓަކައި ރ އަތޮޅުގައި ބޭއްވި ޚާއްޞަ
ރަސްމިއްޔާތެއްގައެވެ.



އައަރޕޯޓް
ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި
އެއަރޕޯޓް ހުޅުވިގެން ދިއުމުން ރ އަތޮޅުގައި މިހާރު  ދެ ރިސޯޓް ކުރިއަށް އޮތް ކަމުގައި ވީނަމަވެސް
ދެ އަހަރުތެރޭގައި ފަސް ރަށް މިނިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން
ކުރިއަށް ގެންދާ ބޮޑެތި އިންވެސްޓްމަންޓް ގެނައުމުގެ ޕްރޮގްރާމް ތަރައްޤީވެގެން
އަންނައިރު ފަނަރަވަރަކަށް ރިސޯޓް ރ އަތޮޅުގައި ހެދިގެންދާނެކަމަށް ވިދާޅުވިއެވެ.



އިފުރުގައި ބޭއްވި
ރަސްމިއްޔާތުގައި އެއަރޕޯޓް ހިންގުމުގެ ހުއްދަ ރަސްމީގޮތުން ވަނީ އައިލޭންޑް
އޭވިއޭޝާނާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން ރ އަތޮޅުގެ ރައްޔިތުން ވަނީ
ރައީސުލްޖުމުހޫރިއައްޔާ އަށް ޚާއްޞަ ހަނދާނީ ފިލައެއް  އަރުއްވާފައެވެ.



މި
ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އައިލޭންޑް އޭވިއޭޝަންގެ
އިސްބޭފުޅުންނާއި ރ އަތޮޅުގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.