ޚަބަރު

ހިތަދޫ އީދިގަލި ދަނޑުގައި ޓާފު އަޅަން ޙަވާލުކޮށްފި


އައްޑޫސިޓީ ހިތަދޫ އީދިގަލި އަވަށުގައި ޓާފް ދަނޑެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުގައި އިއްޔެ ބޭއްވި ރަސްމީއްޔާތުގައި ސިޓީ ކައުންސިލުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެެއްވީ މޭޔަރ އަބްދުﷲ ޞާދިޤެވެ. މިމަޝްރޫޢު ހަވާލު ކުރައްވާފައިވަނީ ޓްރިޕަލް 8 ކިޔާ ކުންފުންޏަކާއެވެ. މިމަޝްރޫޢަކީ ސަރުކާރުގެ ޚަރަދުގައި އައްޑޫސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެގޮތުން މިމަޝްރޫއަށް ގާތްގަނޑަކަށް 9 ލައްކަ ރުފިޔާ ޚަރަދު ވާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިމަޝްރޫޢޫ ހަވާލު ކުރެވިފައިވަނީ، މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ހިތަދޫގެ އީދިގަލި ފުޓްބޯޅަ ދަޑަކީ މިހާރުވެސް ކުޅުމަށް ބޭނުން ކުރަމުންދާ ދަޑެކެވެ. އަދި ކައިރީގައި ތިބި ހިތަދޫ ސްކޫލުގެ ދަރިވަރުންވެސް މިދަނޑު ކުޅުމަށް ބޭނުން ކުރެއެވެ.

މިދަނޑާއެކު ހިތަދޫގައި ޓާފް އެޅި 3 ދަނޑު އޮންނަނެއެވެ.