ޚަބަރު

ޓްރޭނިންގ އެކަޑަމީ އުފެއްދުމަށް އޭއައިބީޑީގެ އެހީ ހޯދަނީ


އޭއައިބީޑީގެ
ޑިރެކްޓަރ ޗަންގ ޖިން އާ ޕަބްލިސް ސަރވިސް މީޑިއަރ ގެ އިސް ވަފުދަކުން ބައްދަލު
ކުރައްވައި ތަމްރީނުގެ ދާއިރާއިން އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާ
ކޮށްފިއެވެ.  



ކުއާލަލަމްޕޫރުގައި
މިހާރު ފެށިގެން ހިނގަމުންދާ އޭޝިއާ މީޑިއާ ސަމިޓްގެ ހަވާސާގައި ބޭއްވުނު
މިބައްދަލު ކުރެއްވުމުގައި، ޕީއެސްއެމްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ،
މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް އެވެ. އޭއައިބީޑީގެ ޑިރެކްޓަރ ޗަންގ ޖިން
އާ ޕީއެސްއެމްެގެ ވަފްދާ ދެމެދު ކުރެވުނު މަޝްވަރާ ތަކުގެ ތެރޭގައި، ޕީއެސްއެމް
އިން ގާއިމް ކުރުމަށް މަސައްކަތް ކުރަމުންގެންދާ ޓްރޭނިންގ އެކަޑަމީގެ ވާހަކަ
ހިމެނެއެވެ. މި އެކަޑަމީ ގާއިމް ކުރުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން
އޭއައިބީޑީ އިން ދެއްވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށް މެނޭޖިންގ ޑައިރެކްޓަރ
ހަލީލް ވިދާޅުވިއެވެ. މިގޮތުން ޓްރޭނިންގ އެކަޑަމީ ގާއިމް ކުރުމަށް ބޭނުންވާ
ދިރާސާތައް ވަރަށް އަވަހަށް ފެށުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސް
ވެވިފައިވާކަމަށްވެސް ހަލީލް ވިދާޅުވިއެވެ.



ޓީވީއެމް
އާއި ދިވެހި ރާއްޖޭގެ އަޑުގެ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކާ ރާއްޖެއަށް
އޭއައިބީޑީ ގެ ތަޖްރިބާކާރުން ފޮނުވާ ދިނުމާއި، މިއަހަރު ތެރޭގައިވެސް ބައެއް
ޓްރޭނިންގތައް ފެށުމާ ބެހޭގޮތުން މިބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނެވެ.



މީގެ
އިތުުރުން ބައިނަލްއަގުވާމީ ފެންވަރުގެ ޓީވީ ޗެނަލްއެއް ފެށުމަށް ޕީއެސްއެމް އިން ހިންގާ
ޕްރޮޖެކްޓަކަށް ވެސް އޭއައިބީޑީގެ އެހީތެރިކަން ލިބޭނޭ ކަމުގެ ޔަގީންކަންް
އޭއައިބީޑީ ގެ ޑިިރެކްޓަރ ދެއްވާފައިވެއެވެ.



ޕީއެސްއެމްގެ
ގާނޫނުގައި މީޑިއާގެ ދާއިރާއިން މީހުން ބިނާކުރުމަށް ޓްރޭނިގް ސެންޓަރެއް ގާއިމް
ކުރުމަށް ލާޒިމް ކޮށްފައިވެއެވެ.