ޚަބަރު

ހއ.އަތޮޅު ކައުންސިލުން "ފަހިދުވެލި" ފެރީގެ ޚިދުމަތް އަލުންފަށައިފި


ހއ. އަތޮޅު ކައުންސިލް އިދާރާއިން ފެށި ފެރީ ޚިދުމަތް "ފަހިދުވެލީ،ގެ ޚިދުމަތް ހުއްޓާލާފައި އޮތުމަށްފަހު އަގަށް ބަދަލުތަކެއް ގެނެސް އަލުން ދަތުރުތަށްފަށަށް ހަމަޖައްސައި ފިއެވެ. ކައުންސިލުން ނިންމާފައިވަނީ ދަތުރުތައް ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދަތުރު ތައް މިފެށީ ދަތުރުގެ އަގު ކުރިއަށް ވުރެ އަގު ހެޔޮ ކުރުމަށް ފަހު ކަމަށް އެކައުންސިލުން ބުނެއެވެ.

ކުރިން އެކައުންސިލުން ފެރީގެ ޚިދުމަތް ދެމުންއައި ހަމައެކަނި، ދެރަށް ކަމަށްވާ ދިއްދުއާއި، ކުޅުދުއްފުއްޓާ ދެމެދު ކޮޅަކަށް ނަގަމުން އައީ 300 ރުފިޔާއެވެ. އޭރު ފެރީގެ ދަތުރުތައް ހުއްޓާލަން ޖެހުނީ މިކަމުން މާބޮޑު ނަފާއެއް ނުލިބުން ، މަންޒިލްތައް އިތުރު ކުރުމުން ކަމަށް އަތޮޅު ކައުންސިލް އިދާރާއިން ވަނީ ބުނެފައެވެ.

އަލަށް މިޚިދުމަތް ފަށާއިރު ލޯންޗް ފެރީ ދަތުރު ތައް ތަޖުރިބާ ކުރުމުގެ ގޮތުން، އިތުރު ރަށް ތަކަށް ފެރީގެ ޚިދުމަތް ދިނުމަށް ކައުންސިން އޮފީހުން ވަނީ ނިންމާފައެވެ.

އަލަށް ދަތުރު ފަށާއިރު ދިއްދޫ އާއި ވަށަފަރާއި ، އުތީމާއި ، ހަނިމާދޫއާއި ކުޅުދުއްފުއްޓަށް ފެރީގެ ޚިދުމަތް ދޭން ވަނީ ހަމަޖެހިފައެވެ. މިރަށްތަކަށް ހަފްތާއަކު އެއްފަހަރު ދަތުރު ކުރަން ހަމަޖެހިފައިވެއެވެ.

މި ދަތުރުތަކުގެ އަގުތައް

  • ދިއްދޫ އިން ވަށަފަރު އެއްކޮޅަށް 100 ރުފިޔާ، ދެކޮޅަށް 150 ރުފިޔާ
  • ވަށަފަރާއި ހަނިމާދޫ އަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ
  • ވަށަފަރާއި ހަނިމާދޫ އަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ
  • ދިއްދޫ އާއި އުތީމަށް އެއްކޮޅަށް 100 ރުފިޔާ، ދެކޮޅަށް 150 ރުފިޔާ
  • ދިއްދޫ އާއި ހަނިމާދުއަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ
  • އުތީމާއި ކުޅުދުއްފުށްޓަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ
  • އުތީމާއި ހަނިމާދުއަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ
  • ހަނިމާދޫ އާއި ކުޅުދުއްފުށްޓަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ
  • ދިއްދޫ އާއި ކުޅުދުއްފުށްޓަށް އެއްކޮޅަށް 200 ރުފިޔާ، ދެކޮޅަށް 300 ރުފިޔާ

ފަހިދުވެލި ފެރީ ދަތުރުގެ ޓިކެޓް ކޮންމެ ހަފްތާ އެއްގެ ބުދަދުވަހުގެ 2:00ގެ ކުރިން ހއ.އަތޮޅު ކައުންސިލް އިދާރައިން ލިބޭގޮތަށް ވަނީ ހަމަ ޖައްސާފައެވެ.