ކުޅިވަރު

ބަފާ ޖަމިއްޔާގެ ނެޓްބޯޅަ ޗެލެންޖް ފަށައިފި


ނ. ހޮޅުދޫ ބެންޔަންސް އެސޯސިއޭޝަން ފޯ އޯލް (ބާފާ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ނެޓްބޯޅަ ޗެލެންޖް ފަށައިފިއެވެ.

4ވަނަ ބާފާ ނެޓްބޯޅަ ޗެލެންޖްގައި މިއަހަރު ހަތަރު ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. 6 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ގޮމަ ޓީމް، ބަނދަރު ސިޓީ، ކުރިބޯށި އަރާކުރި، އިރު އިތުރު ވިލި އަދި އެޗްޑީ އަރާތަރިއެވެ. މިހާތަނަށް މި މުބާރާތުގައި 4 މެޗު ކުޅުނުއިރު، މި 4 މެޗު ކާމިޔާބުކުރީ ގޮމަ ޓިމް، އަރާތަރި، ކުރިބޯށި އަދި އަރާކުރިއެވެ.

ފުރަތަމަ މެޗު ގޮމަ ޓީމުން ކާމިޔާބުކުރީ ބަނދަރު ސިޓީއާއި ވާދަކޮށް ތޭރަ ފަންސަވީހުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޮމަ ޓީމްގެ މާހިރަތު ހުނައިފާއެވެ.
ދެވަނަ މެޗު އެޗްޑީ އަރާތަރި ކާމިޔާބުކުރީ އަރާކުރިއާއި ވާދަކޮސް 34 ޕޮއިންޓް 19 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަރާތަރި ޓީމްގެ ފައުޒާ ސައީދުއެވެ. މި މުބާރާތުގެ މެޗުތަކުގެ އަމްޕަޔަރުކަންކުރަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު އަމްޕަޔަރުންގެ ތެރޭގައި ހިމެނޭ ބުންޔާމީން ޔޫސުފް އަދި ރިލްވާން އާދަމްއެވެ. ބާފާ ނެޓްބޯޅަ ޗެލެންޖްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ އެގާރަވަނަ ދުވަހުއެވެ.