ގަލޮޅު ރަސްމީ ބޯޅަ ދަނޑު ބޭނުންކުރެވޭވަރަށްވުރެ ބާވެ ހަލާކުވެފައިއޮތުމުން މުބާރާތްތައް ކުޅުމަށް ހުޅުމާލޭގައި އޮންނަ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާމެދު މަޝްވަރާ ކުރެވެމުންދާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސްގެ ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަޙްލޫފް ވިދާޅުވެއްޖެ.
މިނިސްޓަރ މަޙްލޫފް ވިދާޅުވީ ހުޅުމާލޭގައި އޮންނަ ދަނޑުގައި ވިނަ އިންދާ އެތަން ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމާމެދު އެޗް.ޑީ.ސީ އާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަކަށް އެމަސައްކަތް ނިންމާ ގަލޮޅު ދަނޑުގައި ކުޅޭ މެޗުތައް ހުޅުމާލެއަށް ބަދަލުކުރަން ކަމަށެވެ. އެއީ ގަލޮޅު ދަނޑަކީ މިހާރު ބޭނުންކުރެވޭނެ ފެންވަރުގެ ދަނޑަކަށް ނުވާތީ އެތަން މަރާމާތުކުރެވެން އޮތީ ދަނޑުގައި ކުޅޭ މެޗުތައް އެހެންތަނަކަށް ބަދަލުކޮށްގެން ކަންވެސް މިނިސްޓަރ މަޙްލޫފް ފާހަގަކުރިއެވެ.