ކުޅިވަރު

ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ލީގުގެ ކުޅުން މެދުކަނޑާލަން ނިންމައިފި


ވޯލްޑްކަޕް ކޮލިފައިން އަށް ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އެއްމަސް ދުވަހަށް މެދުކަނޑާލަން ނިންމައިފިއެވެ.

2022 ވަނަ އަހަރު ގަތަރުގަ އޮންނަ ވޯލްޑްކަޕްގެ ކޮލިފައިންއާއި 2023ގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށްޓަކައި ރާއްޖޭގެ ހިމެނޭ ގުރޫޕްގެ ދެމެޗަކަށް ތައްޔާރުވުމުގު ގޮތުން މިހާރު ކުރިޔަށްދާ ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް މެދުކަޑާލިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް އިން އިއުލާން ކުރީ އެއިދާއިރާއިން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެފްއޭމްއެމުން ނެރުނު ނޫސްބަޔާންގައި ވާ ގޮތުން ލީގު މެދުކަޑާލަން ނިންމީ އެ ދެމެޗުގެ ކުރިން ގައުމީޓީމް ތައްޔާޜުވުމުގެ ގޮތުން ކޭމްޕްކުރަން ހަމަޖެހިފަވާތީއެވެ. ދިވެހި ޕްރިމިއަރ ލީގު މެދުކަނޑާލާ މިހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ކުޅޭ މެޗްތަކަށް ފަހުގައެވެ.

ޤައުމީ ޓީމަށް ވަގުތު ދިނުމަށްފަހު ލީގުގެ ކުޅުން އަލުން ފަށާނީ ސެޕްޓެންބަރ މަހުގެ 18 ވަނަ ދުވަހުގައެވެ. މިއީ މިދިޔަ ޖޫން މަހު ލީގު ފެށިފަހުން ލީގުގެ ކުޅުން މެދުކަޑާލާ ދެވަނަ ފަހަރެވެ. މީގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އެއްމަސް ދުވަހަށް ލީގު މެދުކަނޑާލިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އަންނަ މަހު ފަސް ވަނަ ދުވަހު ރަށުން ބޭރުގައި ގުއާމާއި ދެކޮޅަށް ކުޅޭ މެޗާ މާލޭގައި ޗައިނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް މެލޭޝިޔާގައި ކޭމްޕް ކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ. މެލޭޝިޔާއަށް ގައުމީ ޓީމު ފުރުމުގެކުރިން މާލޭގައި ޤައުމީ ޓީމް ފަރިތަކުރާނެއެވެ.

ވޯލްޑްކަޕް ކޮލިފައިން އޭޝިޔާ ބައްރުގައި ރާއްޖެހިމެނެނީ ގުރޫޕް އޭ ގައިއެވެ. ދެން މި ގުރޫޕްގައި ހިމެނެނީ ގުއާމް ، ޗައިނާ ، ޕިލިޕީންސްގެ އިތުރުން ސީރިޔާއެވެ.