ކުޅިވަރު

އެންމެ އަގުބޮޑު ޑިފެންޑަރަށްވުމަކީ ބޮޑު ޕްރެޝަރެއް، އެ ޕްރެޝަރު މިހާރު ފިލައިފި - ވެންޑައިކް


އެންމެ އަގުބޮޑު ޑިފެންޑަރަށްވުމަކީ ބޮޑު ޕްރެޝަރެއްކަމަށާއި، ޔުނައިޓެޑަށް މެގުއަ ސޮއިކުރުމާއިއެކު އެ ޕްރެޝަރު ފިލައިފިކަމަށް ލިވަޕޫލްގެ ވާޖިލް ވެންޑައިކް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ހެރީ މެގުއަގެ ސޮއި ހޯދީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައެވެ. މެގުއަ ޔުނައިޓެޑަށް ސޮއިކުރުމުގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަކީ ލިވަޕޫލްގެ ވާޖިލް ވެންޑައިކްއެވެ.

ވެންޑައިކް ބުނީ އެންމެ އަގުބޮޑު ޑިފެންޑަރަށްވުމަކީ ބޮޑު ޕްރެޝަރެއްކަމަށާއި، ބޮޑު އަގާއިއެކު މޮޅު ކުޅުމެއް ދައްކަން ގިނަ ބަޔަކު އުއްމީދުކުރާނެކަމަށެވެ. ވެންޑައިކް ބުނީ އެންމެ އަގުބޮޑު ޑިފެންޑަރުގެ މަގާމް ގެއްލިގެން ދެރަ ނުވާކަމަށާއި، މި ގެއްލުނީ ބޮޑު ޕްރެޝަރެއްކަމަށެވެ.

މެގުއަ އެ ޕްރެޝަރާއި ކެރިގެން ކުރިމަތިލައި ކާމިޔާބު ހޯދާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ބުންޏެވެ. މެގުއާ ޔުނައިޓެޑަށް ބަދަލުވީ 80 މިލިއަން ޕައުންޑްގެ ފީއަކަށެވެ.