ޚަބަރު

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު މާލޭގެ 3 ސަރަހައްދެއްގައި


މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމު މާލޭގެ 3 ސަރަހައްދެއްގައި ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާއަތުގައި މާލެ ސިޓީގައި ކުރުމަށް ހަމަޖެހިފައިވަނީ މާލޭ ދެކުނު ފަރާތު މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ހުޅުމާލޭ ސެންޓްރަލް ފާރކް ސަރަހައްދާއި ވިލިމާލޭ ބޯޅަ ދަނޑުގައި ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި އަބަދުވެސް ކުރެއެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ. މިއަހަރުގެ އަޟްހާ އީދު ދުވަހަކީ 11 އޯގަސްޓްވާ އާދިއްތަ ދުވަހެވެ.