ވިޔަފާރި

ބިކް ބްރޭންޑުގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ލިންޗްޕިން ހަމަޖައްސައިފި


ބިކް ބްރޭންޑްގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ
ލިންޗްޕިން ހަމަޖައްސައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލް ބްރޭންޑެއްކަމަށްވާ ބިކް އަކީ ފްރާންްސްގެ ބްރޭންޑެކެވެ. ބިކްގެ އުފެއްދުންތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޑިސްޕޯސިބަލް ރޭޒަރާއި ލައިޓަރާއި އެކި ބާވަތުގެ ސްޓޭޝަނަރީއެވެ.

ލިންޗްޕިންއިން ބުނީ ބިކްގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރއަކަށް އެފިހާރަ ހަމަޖެހިގެން ދިޔައީ އަހަރެއްހާ ދުވަހުގެ މަޝްވަރާއަށްފަހުކަމަށެވެ. އަދި ބިކްގެ އޮތޯރަިޒްޑް ޑިސްޓްރިބިއުޓަރއަށްވުމުން ބިކްގެ އުފެއްދުންތައް ބާޒާރުގެ އެހެން ފިހާރަތަކަށްވުރެ އަގުހެޔޮކޮށް ލިންޗްޕިންއިން ލިބިގެންދާނެކަމަށެވެ.

ބިކްގެ އުފެއްދުންތަކުގެ އިތުރުންވެސް، އެކިއެކި މަޝްހޫރު ބްރޭންޑްތަކުގެ މުދާ ލިންޗްޕިންގެ އެކި ފިހާރަތަކުން ދަނީ އާއްމުންނަށް ފޯރުކޮށްދެމުންނެވެ.