ޚަބަރު

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ލިބޭނެ ފަސޭހަ އިންތިޒާމެއް


ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބޭނެ ފަސޭހަ އިންތިޒާމެއް ތަޢާރަފްކޮށްފިއެވެ. ސަތޭކައަށްވުރެ ގިނަބައިވެރިންނާއެކުމިއަދު އެސްޓީއޯއިން "އޮންކޯސްޕެކްޓްރާ"ގެނަމުގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގައި ކެންސަރާބެހޭ ގިނަ މަޢުލޫމާތުތަކެއް ދީފައިވެއެއެވެ. އަދި މިކޮންފަރެންސްގައި ބައިވެރިވި ނަރުހުންނަށް ޚާއްސަ ފުލްޑޭ ޓްރެއިނިންގ ޕްރޮގްރާމެއް މާދަމާ ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ އޮންކޮލޮޖިސްޓް މުޙަންމަދު ޝިފާން ވިދާޅުވީ މިރާއްޖޭގެ ސިއްޙީ ދާއިރާއަށްލިބޭ އިތުރު ކާމިޔާބީއެއް ކަމަށެވެ. އަދި މީގެ ސަބަބުން ކެންސަރު ބައްޔަށް ރާއްޖެއިން ފަރުވާދޭން ފަސޭހަވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަލިތަކާއި އެބަލިތަކަށް މިހާރު ލިބެންހުރި ބޭސްފަރުވާގެ މަޢުލޫމާތާއި ކުރިން ރާއްޖެއިން ލިބެންނެތް ފަރުވާތަކާއި ބޭސްތައް އަލަށް ތައާރަފްކޮށްދިނުމެވެ. މީގެސަބަބުން ރާއްޖޭގައި ކެންސަރުބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށްނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިކޮންފަރެންސްގައި އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕްހޮސްޕިޓަލްގެ ޑަކުޓަރުންނާއި ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީބައިވެރިވެފައެވެ. ޑރ.ރެޑީސްގެ ފަރާތުން އިސްނަގައިގެން ބާއްވާ މިކޮންފަރެންސް އިންތިޒާމު ކޮށްފައިވަނީ އެސްޓީއޯއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލް ގުޅިގެންނެވެ.