ޚަބަރު

މަޖިލީހުން މުޅި ދައުލަތް ޖަވާބުދާރީ ކުރުވާމަންޒަރު ދަނީ ފެންނަމުން - ނިޔާޒް


19ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެންދަނީ މުޅި ދައުލަތް ޖަވާބުދާރީ ކުރުވާމަންޒަރުކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒްވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލިސް ފެނިގެންމިދަނީ ވަރަށް ޒިންމާދާރު ކަމާއިއެކު ހިންގަމުންދާތަންކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާއިރީ ކުރުމުގެ ގޮތުން ވަޒީރުންނާއި ސުވާލުކުރުމާއި، މިނިވަން މުވައްސަސާތައް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރުންފަދަ މުހިންމު މަސައްކަތްތައް މަޖިލިސް ތެރެއިން ފެނިގެންދާކަމަށެވެ. ނަވެސް މަޖިލީހުން އެއްވެސް ހާލަތެއްގައި ސަރުކާރު ހިންގުމުގެ ތެރެއަށް ނުވަންނާނެ ކަމަށާ، މަޖިލިސް ހިންގަމުންދަނީ އެއަށްވުރެ މާޒިންމާދާރު ކަމާއިއެކުގައި ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގުމުގެތެރެއަށް ވަންނަމުންދާކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ރައީސް އޮފީހުންވެސް ބުނެފައިވަނީ ސަރުކާރު ހިންގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުކަމަށާ، ވެރިކަން ހިންގުމުގެ ފުރިހަމަ މަސްއޫލިއްޔަތު އަދާކުރައްވަމުންދަނީ އެމަނިކުފާނާއި، އެމަނިކުފާނުގެ ކެބިނެޓުންކަމަށެވެ. އަދި ވެރިކަން ހިންގުމުގައި ދައުލަތުގެ މުއައްސަސާތަކާއި، މިނިވަން މުވައްސަސާތަކުގެ އެއްބާރުލުންވެސް ލިބެމުންދާކަމަށެވެ.