މެކްސިކޯ އަށް އިއްޔެ އެރި ބާރުގަދަ ތޫފާނެއްގައި 13 މީހުން މަރުވެ އެތައްބަޔަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.މެކްސިކޯ ސަރުކާރުގެ ތަރްޖަމާނެއްކަމަށްވާ ޖީސޮންސެން ގާރްސިޔާ ވިދާޅުވީ މިއީ ފާއިތުވި 15 އަހަރު ތެރޭގައި އެގައުމަށްއައި އެންމެ ބޮޑު ތޫފާންކަމަށާ މިތޫފާންގައި ގަޑިއަކު 124 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައިވާކަމަށެވެ.ރިޕޯޓްތައް ބުނާގޮތުން އިއްޔެ އެރި މި ތޫފާންގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މެކްސިކޯގެ އުތުރުގެ ކުވާހުވީލާ ސްޓޭޓަށެވެ.މި ތޫފާންގެ ސަބަބުން 13 މީހުން މަރުވެފައިވާއިރު 229 މީހުން ޒަޚަމްވެ 750 އަށްވުރެ ގިނަ ގެ ތައް ހަލާކުވެފައިވެއެވެ.