ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އެހޮސްޕިޓަލްގައި ހަދާ ކާޑިއެކް ސެންޓަރު ހެދުމަށް "ވޭވްލެންތް" ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮއްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާގޮތުގައި މިއީ 600000 ރުފިޔާގެ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް ޙަވާލުކޮއްފައިވަނީ 55 ދުވަހުން ނިންމާ ގޮތަށް ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލެއިން އުތުރުގެ އެންމެ ގިނަބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ.