ވިޔަފާރި

ޓިކްޓޮކް އުފެއްދި ކުންފުނިން ސްމާޓް ފޯނެއް ބާޒާރަށް ނެރެނީ


ޢާއްމުންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ "ޓިކްޓޮކް" އުފެއްދި ކުންފުނި ބައިޓްޑާންސްގެ ފަރާތުން ސްމާޓް ފޯނެއް ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.

ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ބައިޓްޑާންސްގެ ފަރާތުން އެޤައުމުގެ ސްމާޓިސަން ނަމަކަށްކިޔާ ކުންފުންޏަކާ ގުޅިގެން ބާޒާރަށްނެރުމަށް ނިންމާފައިވާ ސްމާޓްފޯނާގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބައިޓްޑާންސްގެ ފަރާތުން ހާމަކުރާގޮތުގައި އެކުންފުނިން ނެރޭ ސްމާޓްފޯނަކީ އެހެން ސްމާޓްފޯންތަކާއި މާބޮޑު ތަފާތުތަކެއް ހުންނާނެ ފޯނެއް ނޫންކަމަށެވެ. ސްމާޓިސަންއާ ގުޅިގެން ނެރޭ މިފޯނަކީ އެކުންފުނީގެ ކަސްޓަމަރުންނަށް އަމާޒްކޮށްގެންނެރޭ ފޯނެއްކަމަށް ބައިޓްޑާންސްއިން ހާމަކުރެއެވެ.

ކުދި ވީޑިއޯ ކްލިޕްތައް ޝެއަރ ކުރެވޭ ޓިކްޓޮކްގެ މަޤްބޫލްކަން އިންތިހާއަށް އިތުރުވެފައިވާއިރު، އެކުންފުނީގެ ފައިދާގެ ޢަދަދުވެސްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން އެޕަށް 10.8 މިލިއަން ޑޮލަރުވަނީ ޙަރަދުކޮށްފައި ކަމަށް ޑޭޓާތައް ދިރާސާކުރާ ކުންފުންޏެއްކަމަށް ސެންސަރ ޓަވަރއިން ހާމަކުރެއެވެ. ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުންގެ ޢަދަދުވަނީ 1.27 ބިލިއަނަށް އަރާފައެވެ.