ސިޔާސީ

30 އަހަރުވުމުން ރައީސްކަމަށް ކުރިމަތިލެވޭ އިސްލާހެއް ހުށަހަޅައިފި


ރައީސުލްޖުމްހޫރިއްޔާކަމަށާއި،
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ ތިރީސް އަހަރާއި،
ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމުގައި ކަނޑައަޅާ، ދިވެހިރާއްޖޭގެ
ގާނޫނުއަސާސީއަށް އިސްލާހެއް ހުށައަޅައިފިއެވެ.



މިހާރު
ގާނުނޫއަސާސީގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަމަށާއި،
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ
ތިރީސް ފަސްއަހަރުކަމަށެވެ. ގާނޫނު އަސާސީއަށް އެއިސްލާހު ހުށައަޅާފައިވަނީ،
ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލްއެވެ. 

އެއިސްލާހު
މިމަހުގެ އެކާވީސް ވަނަ ދުވަހު މަޖިލީހަށް ހުށައަޅާފައިވާކަން ރައްޔިތުންގެ
މަޖިލީހުގެ އިދާރާއިންވެސް ވަނީ ޕީއެސްއެމަށް ކަށަވަރުކޮށްދީފައެވެ.