ސިޔާސީ

ޕާޓީތަކުން މަޝްވަރާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިއްޖެ


ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ޙައްލުކުރުމަށް
ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ދެއްވާފައިވާ ފުރުޞަތުގެ ބޭނުން
ހުރިހާ ޕާޓީތަކުންވެސް ހެޔޮގޮތުގައި ހިފުމަށް ސިޔާސީ ޕާޓީތަކަށް ހިއުމަން ރައިޓްސް
ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  އިންސާނީ ޙައްޤުތައް ކުރިއަރުވާ
ދެމެހެއްޓުމަށްޓަކާ ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ޞުލްޙަވެރިކަމަކީ
ނުހަނު ބޭނުންތެރިކަމަކަށްވާއިރު ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރެވެން
ޖެހޭނެކަމަށެވެ.މީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ޙާލަތަށް ބަލާއިރު ހިތާމަހުރި އަނިޔާވެރި
ޢަމަލުތައް ހިންގަމުންދާކަމަށާއި އެގޮތުން ފުލުހަކަށް އަނިޔާކޮށްފައިވާ ކަމަށާއި
އެކަން ކުށްވެރިކުރާކަމަށާއި މުޒާހަރާތަކުގައި ހައްޔަރުކުރެވޭ މީހުންނަށް އަނިޔާ
ކުރާކަމުގެ ޝަކުވާވެސް އެކޮމިޝަނަށް ލިބެމުންދާކަމަށް މިބަޔާނުގައި
ފާހަގަކޮށްފައިވެއެވެ.