ޚަބަރު

މިނިވަންދުވަހާ ގުޅުވައިގެން ދިއްދޫގައި ޙާއްސަ ހިގާލުމެއް ކުރިޔަށް ގެންގޮސްފި


ރާއްޖޭގެ 54ވަނަ މިނިވަންދުވަހާ ގުޅުވައިގެން ހއ.ދިއްދޫގައި ޚާއްސަ ހިގާލުމެއް ކުރިޔަށް ގެންގޮސްފިއެވެ.

ދިއްދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްދިޔަ މިހިގާލުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުލަބްޖަމިއްޔާތަކާއި އަދި ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުން ބައިވެރި ވެފައިވެއެވެ. ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި މިހިގާލުން ފެށިގެން ގޮސްފައިވަނީ ދިއްދޫގެ ފެންޕްލާންޓު ކައިރިންނެވެ. މިހިގާލުން ފެށިގެން ގޮސްފައިވަނީ ޤައުމީ ސަލާމުންނެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ކުރިޔަށް ދިޔަ މިހިގާލުން ނިން މާލާފައިވަނީ ދިއްދޫގެ ދެކުނު ފުޓްބޯޅަދަނޑަށެވެ. މިހިގާލުން ނިމާލުމަށްފަހު މިނިވަންދުވަހާ ގުޅޭގޮތުން ދިއްދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ޢާއްމުރައްޔިތުންގެ ސުޢޫރުފާޅުކުރުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މާދަމާވެސް މިނިވަން ދުވާ ގުޅޭ ޙާއްސަ ކުޅިވަރު ހަރަކާތް ތަކެއް ދިއްދޫގެ ފުޓްބޯޅަ ދަނޑުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވާކަމަށް ދިއްދޫ ޕޮލިސްޓޭޝަނުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ 54ވަނަ ވިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫގައި ކުރިޔަށް ދިޔަ ހިގާލުން ނިއްމާލައި ފައިވަނީ ވަރަށް ޙާއްސަ ދުޢާއަކުންނެވެ. މިނިވަންދުވަހާ ގުޅުވައިގެން ހއ.އަތޮޅުގެ އެކި ރައްރަށުގައިވެސް ވަނީ ހިގާލުން ކުރިޔަށް ގެންގޮސްފައެވެ.