ލައިފް ފެނުގެ ބެޗް ނަމްބަރު ދުއިސައްތަ ސައްބީހުގައި މައްސަލަތަކެއް އުޅޭތީ އެ ބެޗްގެ ފެން ބޭނުން ނުކުރުމަށައި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.އެ އޮތޯރިޓީން މިއަދު ނެރުނު ފުޑް އެލާޓެއްގައި ބުނެފައިވަނީ މި މައްސަލަ ބެލި ބެލުމުން ލައިފް ފެނުގެ ބެޗް ނަމްބަރު ދުއިސައްތަ ސައްބީހުގައި އެކަށިގެންނުވާ ވަހާއި ކުނޑި ހުރިކަން ފާހަގަ ވެފައިވާކަމަށެވެ. އަދި އެއްވެސް ވަހެއް، ކުނޑިއެއް ނުވަތަ މިނޫންވެސް އިތުރު އެއްޗެއްގެ އަސަރު ހުރިކަން ފާހަގަ ކުރެވޭނަމަ ލައިފް ބްރޭންޑުގެ ފެން ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރެއެވެ.ލައިފް ފެނުން ފެނުނު ތަކެތި ދިރާސާ ކުރަމުންދާ ކަމަށާއި އެބުރޭންޑުގެ ފެނުން އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ ވީހާވެސް އަވަހަށް އެންގުމަށްވެސް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.