ޚަބަރު

އިޖްތިމާއީ ހަމަޖެހުން ގެއްލޭ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި


ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އިޖުތިމާއި ހަމަޖެހުން ގެއްލި އިޖްތިމާޢީ ރިވެތި އަދަބުތަކަށް ބުރޫ އަރާފަދަ ކަންކަންނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.އެމިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ރަައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުމާ ބައިބައިވުން އުފެދޭ ފަަދަ ވާހަކަޔަކާ ކަންތައްތައް ފެތުރެމުންދާކަން އެމިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި، ދިވެހިންގެ އުރުފާ ޚިލާފުވާ ޢާއްމު މަސްލަހަތު ގެއްލޭގޮތަށް ކުރެވޭ މިފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ބައިބައިވުމާއި ދެބަސްވުން އުފެދި ހަމަނުޖެހުމަށް މަގުފަހިވާކަންކަން ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ދީނީ، އިޖްތިމާޢީ، އުރުފާ ނުގުޅޭ އަދި އާއްމު މަސްލަހަތަށް ބުރޫ އަރާ އަމަލުތަކާއި ބަސްމަގާ ދުރުހެލިވުމަށް އެމިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.އިސްލާމީ ވަހުދަތާއި މިނިވަންކަމާ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުން މަނާކަމެކެވެ.