ކުޅިވަރު

ނަބީހާ އާއި ނަބާހާގެ ޕެއަރ ފައިނަލަށް!


ނަބީހާ އަބްދުލް ރައްޒާގާއި ނަބާހާ އަބްދުލް ރައްޒާގުގެ ޕެއަރ ބެޑްމިންޓަން އަންހެން ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ޑަބަލްސްގެ ފައިނަލުން ނަބީހާ އާއި ނަބާހާގެ ޕެއަރ ޖާގަ ހޯދީ މިއަދު ކުޅުނު ސެމީފައިނަލްގެ މެޗުގައި މޮރީޝަސްގެ ޕެއަރ ފަސޭހަކަމާއެކު ސީދާ ސެޓުން ބަލިކޮށްގެންނެވެ.

ނަބާހާ އާއި ނަބީހާގެ ޕެއަރ ވަނީ މުޅިމެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅެ ލީޑު އެންމެ ވަގުތުކޮޅަކަށްވެސް ގެއްލުނަނުދީ މެޗު ނިންމާލާފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ސެޓު ނަބީ އާއި ނަބާގެ ޕެއަރ ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ތަފާތަކުންނެވެ. އެއީ 21-12 އިންނެވެ.

ދެވަނަ ސެޓު ފެށިގެންވެސް ލީޑް ނެގީ ނަބާ އާއި ނަބީގެ ޕެއަރ އެވެ. ދެވަނަ ސެޓު ރާއްޖޭގެ އަންހެން އެއްވަނަ ޕެއަރ ކާމިޔާބުކުރީ 21-15 އިންނެވެ.

މިމުބާރާތުގެ ފައިނަލް މެޗުގައި ނަބީ އާއި ނަބާގެ ޕެއަރ ނިކުންނާނީ މޮރީޝަސްގެ އެއްވަނަ ޕެއަރ އައުރޭލީ އަލޭ އާއި ކޮބިތާ ދޫކީގެ ޕެއަރ އާއެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.