ކުޅިވަރު

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ގްރީން ސްޓްރީޓްސް ހޯދައިފި


ޤައުމީ ނެޓްބޯޅަ މުބާާރާތުގެ ޗެމްޕިއަންކަން ކްލަބް ގްރީން ސްޓްރީޓްސް ހޯދައިިފިއެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ދިޔަ ފައިނަލް މެޗު ކްލަބް ގްރީން ސްޓްރީޓްސް ކާމިިޔާބުކުރީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް 41 ޕޮއިންޓް 56 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސްގެ އީމާ އަބްދުލް ސައްތާރެއެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންވެސް ހޮވާ އެ ކުޅުންތެރިންނަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ، ކްލަބް ގްރީން ސްްެޓްރީޓްސްގެ އީމާ އަބްދުލް ސައްތާރު، ހަމްނާ އަބްދުލް ރަޙްމާން، ލަޔާން އަލީ ރަޝީދު، އަދި ކުޅުދުއްދުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބުގެ އައިމިނަތު ރަބާ އިބްރާހިމް، މަރިޔަަމް ޝިނާނަތްގެ އިތުރުން ރާޝިދާ މޫސާ އަދި ވިޔަންސާ ސްޕޯޓްސްގެ އަނާލް އަލީ ރަޝީދު އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމް ހޯދީ ކްލަބް މެޓްރިކްސްގެ އައިމިނަތު ފިރުޝާއެވެ. އަދި ކުއީން އޮފް ދަ ޓ÷ޯނަމެންޓްގެ މަޤާމް ހޯދީ ހަމްނާ އަބްދުލް ރަޙްމާންއެވެ.

މިމަހުގެ 10 އިން 24 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި 8 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ.