ކުޅިވަރު

200 މީޓަރު ދުވުމުން މިފަހަރު ސާއިދަށް ބްރޮންޒް މެޑަލް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް މެޑަލް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފިއެވެ.

ސާއިދު ބްރޯންޒް މެޑަލް ހޯދި ފައިނަލް ރޭހުގައި 8 އެތްލީޓުންނާއި ވާދަކޮށް 22.10 ސިކުންތުން ރޭސް ނިންމައިގެންނެވެ. 200 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދީ މޮރިޝަސްގެ ޖޮނަތަންއެވެ. އޭނާ ރޭސް ނިންމީ 21.78 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ސިލްވަރ މެޑަލް ހޯދި ސީޝެލްސްގެ ޝަރީ ރޭސް ނިންމީ 22.09 ސިކުންތުންނެވެ.

2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި ސާއިދު މިއަދު ދުވި ހީޓުން ދިޔައީ ތިންވަނައަށެވެ. ސާއިދު ފައިނަލް ބުރަށް އޮޓޯ ކޮލިފައިވީ ކޮންމެ ހީޓަކުންވެސް ކުރި ހޯދި ދެ އެތްލީޓުންނެވެ. ސާއިދަށް ފައިނަލުން ފުރުސަތު ލިބުނީ ތިންވަނަ ހޯދި އެތްލީޓުންގެ ތެރެއިން އެންމެ ޓައިމިންގ ރަނގަޅު އެތްލީޓުގެ ގޮތުގައެވެ.

ސާއިދަށް ބްރޯންޒް މެޑަލް ޔަގީންވެފައިވާއިރު، ފައިނަލް ރިޒަލްޓްއަށް އެޕީލް ކުރުމާއި ގުޅިގެން މެޑަލް ދިނުމުގެ ރަސްމީޔާތު ވަނީ މާދަމާއަށް ފަސްކޮށްފައެވެ. އެހެންކަމުން ސާއިދަށް ސިލްވަރ މެޑަލް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެޕީލް ކާމިޔާބުނުކުރެވުނަސް ބްރޮންޒް މެޑަލް ސާއިިދަށް ޔަގީނެއެވެ.