ނަބީހާ އަބްދުލް ރައްޒާގު އޯޕަން ސިންގަލްސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ސިންގަލްސްގެ ސެމީ ފައިނަލުން ނަބީހާ ޖާގަ ހޯދީ މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ މެޗުގައި ރިޔޫނިއަންގެ މަތިލްދޭ ލެޕެތިތް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 21-18، 21-17 އިން ނެވެ.
ދިވެހި ޓީމުން ކުއާޓާ ފައިނަލްގައި ވާދަކުރި އަންހެން ތިން އެތްލީޓުންގެ ތެރެއިން އަނެއް ދެ ކުޅުންތެރިން ވަނީ ސެމީގެ ޖާގައެއް ނުލިބި ކަޓާފައެވެ. އެހެންނަމަވެސް ނަބާހާ އާއި ނީލާ ވަނީ އެ ދެ ކުޅުންތެރިން ކުޅުނު މެޗުތަކުން ބަލިވިނަމަވެސް މޮޅު ކުޅުމެއްދައްކާ މެޗުގައި ރަނގަޅު ފައިޓެއް ދީފައެވެ.
މިގޮތުން ނަބާހާ އަބްދުލް ރައްޒާގު ކުޅުނު ކުއާޓަރ ފައިނަލްގެ މެޗު ތިން ސެޓައް ދިޔައިރު ސެޓުތައް ދިޔައީ 21-18، 19-21، 21-19 އިން ނެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގައި މިއަދު ނީލާ ނަޖީބް ކުޅުނު މެޗު ފާހަގަކުރެވިގެންދިޔައީ މިމުބާރާތުގައިވެސް މިހާތަނަށް ކުޅެވިގެންދިޔަ އެންމެ ވާދަވެރި އެއް މެޗުގެ ގޮތުގައެވެ.
މޮރީޝަސްގެ އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމުގައިވާ އައުރީލީ އަލޭ އާއި ވާދަކުރި މިމެޗުވެސް ނިމުނީ ތިން ސެޓަށް ގޮސްގެންނެވެ.
ފުރަތަމަ ސެޓު 22-20 ކާމިޔާބުކުރީ މޮރީޝަސްގެ ކުޅުންތެރިއާއެވެ. ދެވަނަ ސެޓު 17-21 ނީލާ ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު މޮރީޝަސްގެ ކުޅުންތެރިއާ ގެންދިޔައީ 25-23 ހުންނެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.