ސަޤާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާއިއެކު "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" އަލުން ފަށަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ފަންނާނުންގެ މިޔުޒިކީ އީދު އަލުން ފަށަން ހަމަޖެހިފައިވަނީ 27 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30ގައެވެ. މި ޝޯވ މިމަހުގެ 27-28ގައި އަލިމަސް ކާނިވާ ސްޓޭޖުގައިވެސް އޮންނާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ފަންނާނުންގެ މިޔުޒިކީ އީދު މިފަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އަރޓްސް ކަލްްޗަރ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓަރ ފޮރ ދި އަރޓްސްގެ އިތުރުން ފަންނުގެ ދަރިންނާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެންނެވެ.