ޚަބަރު

މިނިވަން 50 ހުގެ ފަންނުވެރިންގެ ހަވީރު މިއަދު ކުރިއަށްދާނެ


މިނިވަން ފަންސާހާއި ގުޅިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެތެރޭގައި ހިމެނޭ ފަންނުވެރިންގެ
ހަވީރުގެ ނަމުގައި ބާއްވާ ފުޅަނދުބުރު މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.



މި ފުޅަނދު ބުރު ފެށޭނީ ހަވީރު ހަތަރު ގަޑި ތިރީހުގައި
ސޯޝަލް ސެންޓަރު ސަރަހައްދުންނެވެ.



ފުޅަނދުބުރު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުން ފަށައިގެން
މަޖީދީ މަގުން އިރަށް އައިސް ރާޅުގަނޑު ސަރަހައްދަށެވެ. ޖުމްލަ 9 ފުޅަނދު
ބައިވެރިވާ މިހަރަކާތުގައި ދައްކުވައިދޭނީ ރާއްޖޭގެ ޞަޤާފަތާއި، ދިވެހި
ފަންނުވެރިންގެ ފަންނުވެރިކަން ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.



މަޖީދީމަގުން ކުރިއަށްދާ މިފުޅަނދުބުރު އޮލިމްޕަސް ކުރިމަތީ މަޑުކުރުމަށްފަހު
ހުރިހާ ފުޅަނދެއްގެ ހަރަކާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.



މިއަދު ބާއްވާ ފުޅަނދުބުރުގެ އިތުރުން މިރޭ ޚާއްސަ ޝޯވް އެއްވެސް ބޭއްވުމަށް
ހަމޖެހިފައިވެއެވެ. މި ޝޯވް އޮންނާނީ މިރޭ ދިހައެއް ޖަހާއިރުއެވެ. މި ހަރަކާތްތައް
ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ގެނެސް ދިނުމަށް ވަނީ
ހަމަޖެހިފައިވެ.