ވިޔަފާރި

އޯޓީއާރު ސައުތު އީސްޓް އޭޝިއާ ރޯޑް ޝޯވްގައި މަޓާޓޯއިން ބައިވެރިވަނީ


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޯޓީއާރު ސައުތު އީސްޓް އޭޝިއާ ރޯޑް ޝޯވްގައި ބައިވެރިވުމަށް މަޓާޓޯއިން ނިންމައިފިއެވެ.

މިއީ މަޓާޓޯއިން މި ރޯޑް ޝޯވްގައި ބައިވެރިވާ ތިންވަަނަ އަހަރެވެ. އަންނަ ސެޕްޓެމްބަރ މަހުގެ ތިރީހުން އޮކްޓޯބަރ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ރޯޑް ޝޯވް، އޭޝިއާގެ ހަތަރު ޤައުމެއްގައި ކުރިއަށްދާނެ އެވެ.

ސިންގަޕޫރު، ފިލިޕީންސްގެ މެނީލާ، ތައިލޭންޑުގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަ ލަންޕޫރުގައި މި ރޯޑް ޝޯވެ ކުރިއަށްދާނެއެވެ.

މަޓާޓޯއިން މިހާރު ވަނީ މި ރޯޑް ޝޯވްގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އައުޓްބައުންޑް ޓްރެވަލް ރޯޑްޝޯވް، އޯޓީއާރު އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް، ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރުކުރުމަށް ރަގަޅު ފުރުސަތެއްގެ ގޮތުގައި މަޓާޓޯއިން ދެކެއެވެ.