ޚަބަރު

އިންޖީނަށް ދިމާވި މައްސަލަ މިއަދު ހައްލުވާނެ - ސްޓެލްކޯ


ސްޓެލްކޯގެ އިންޖީނިއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން މާލެއަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ 8.9 މެގަވޮޓްގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކުޑަ ހިނދުކޮޅަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭތާ ގާތްގަނޑަކަށް ގަޑިއެއްގެ އިރުގެ ތެރޭގައި އަނބުރާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމުން މިހާރު ކުރަމުންދާއިރު، މިއަދު އެކަން އެއްކޮށް ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ކަރަންޓުގެ ޚިދުމަތް ދެމުންދާނެކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.