ތަޢުލީމު

ތަޖުރިބާ ދަތުރެއްގައި ސިންގަޕޫރުގެ ސުކޫލެއްގެ ދަރިވަރުން ރާއްޖޭގަ


ކިޔެވުމުގެ ތަޖުރިބާ ދަތުރެއްގައި ރާއްޖޭގައި މިހާރު އުޅޭ ސިންގަޕޯރގެ އެންގްލޯ-ޗައިނީޒް ސްކޫލުގެ ދަރިވަރުންނާ ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ.މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދަރިވަރުންނާ ބައްދަލުކުރައްވާ މިނިސްޓަރ ވަނީ ރާއްޖޭހެ ތިމާވެށީގެ ޙާލަތާއި ގުޅޭގޮތުން މައުލޫމާތުދެއްވާފައެވެ. އެގޮތުން އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ފެނުގެ މައްސަލައާ، ރާއްޖޭގައި ކުރިއަށްދާ ތިމާވެށީގެ އެކިއެކި ކެމްޕޭންތަކުގެ މައުލޫމާތު އެ ދަރިވަރުންނަށް މިނިސްޓަރ ވަނީ ދެއްވާފައެވެ.މިނިސްޓްރީން މައުލޫމާތުދިންގޮތުގައި މި ދަރިވަރުންވަނީ މާލެ އަތޮޅު ބައެއް ރަށްރަށާއި ރިސޯޓުތަކަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މިއަދު މާލޭގެ ބައެއް ތަންތަން ބަލާލުމަށް ވަނީ ހަމަޖެހިފައެވެ.މިދަރިވަރުންނާއި އެކު މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ އޮފިޝަލުން ޙަރަކާތްތެރިވެއެވެ.މި ދަތުރުގައި  ސިންގަޕޯރގެ އެންގްލޯ-ޗައިނީޒް ސްކޫލްގެ ތޭވީސް ދަރިވަރުން ބައިވެރިވެފައިވެއެވެ.މި ބައްދަލުކުރެއްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީއާއި، ސްކައުޓް އެސޯސިއޭޝަނާއި ދަރިވަރުން ވަނީ ހަދިޔާ ބަދަލުކޮށްފައެވެ.