ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅެމުންދިޔަ އާއިލާއަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން - އެންޑީއެމްއޭ


މިއަދު މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅެމުންދިޔަ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

މިއަދު މެންދުރު 14:19ހާއިރު މ.ރޯޝަނީ މަންޒިލްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އަދި މުޅި އެޕާޓްމަންޓަށްވެސް ވަނީ ދުމުގެ އަސަރުކޮށްފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅެމުންދިޔަ 6 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާ، މި ހާދިސާގައި މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށެވެ.