ކުޅިވަރު

މެޗަށް ނިކުންނާނީ ސައުދީ އަކީ ތަފާތު ޓީމެއް ކަން ދަނެގެން : ޖަޑާ


އައްޑޫގައި ކުރިއަށްދާ ޔޫއެފާ އެސިސްޓް މުބާރާތުގައި މިއަދު ނިކުންނާނީ ސައުދީ އަކީ ތަފާތު ޓީމެއް ކަން ދަނެގެން ކަމަށް މިމުބާރާތުގައި ވާދަ ކުރާ ރާއްޖެ ޓީމުގެ ކޯޗް އިބްރާހިމް ހާލީމް (ޖަޑާ) ބުނެފިއެވެ.

މެޗުގެ ކުރިން ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ކޯޗު ބުނީ ރާއްޖެ ޓީމަކީ އޭއެފްސީ އަށް ތައްޔާރުވާ ޓީމަކަށްވެފައި، އަލަށް އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅޭ ކުޅުންތެރިން މިޓީމުގައި ގިނައިން ތިބުމުން ސައުދީ ފަދަ އޭޝިއާ ސަރަހައްދުގައި ވަރުގަދަ ޓީމަކާއި އެކު ކުޅުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޖަަޑާ ފާހަގަކުރި ގޮތުގައި ސައުދި އަރަބިއްޔާ އަކީ މުބާރާތުގައި ވަރުގަދަ ޓީމެއް ގޮތުގައި ފާހަގަވާ ޓީމަކަށް ވުމުން ދިވެހިރާއްޖޭގެ ކުޅުން ބޮޑަށް ބައްޓަން ކުރާނީ ޑިފެންސިވް ގޭމެއް ކުޅެ، ބައިކޮޅަށް ވަންނަ ލަނޑުތަށް މަދު ކުރަން ކަމަށެވެ. އަދި މެޗު އެއްވަރު ވިޔަސް ރަނގަޅު ނަތީޖާއެއް ގޮތުގައި ދެކޭނެ ކަމަށް ޖަޑާ ބުންޏެވެ.

މިއަދު ދިވެހިރާއްޖެ އާއި ސައުދިއަރަބިއްޔާ ކުޅޭ އިރު މިދެޓީމު ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިއެވެ. ރާއްޖެ ސާފު ސަރަހައްދުގެ ބޫޓާން އަތުން ބަލިވި އިރު ސައުދީ ބަލިވީ ޔޫރަޕްގެ ލެޓްވިއާ އަތުން ނެވެ. އެހެން ކަމުން މިދެޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމަށް 3 ޕޮއިންޓް ހޯދުން މަޖުބޫރެއެވެ.