ކުޅިވަރު

އައިއޯއައިޖީ: ޕެރަ ކެޓަގަރީގެ 100 މީޓަރު ދުވުމުން މާޒިން ލޯ މެޑަލް ހޯދައިފި


މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ އިވެންޓުގެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދައިފި އެވެ.

ރޭސް ފެށިތަނާހެން ފައި އެޅުނު ގޮތަކުން މާޒިން އަށް އަނިޔާވެ ކުޑަ ހުއްޓުމެއް އަ އެވެ. އެހެން ނޫންނަމަ އޭނާ އަށް ރަން ނުވަތަ ރިހި މެޑަލް ލިބުނުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދުވުން ނިންމާލުމަށްފަހު ދިން އިންޓަވިއުއެއްގައި މާޒިން ބުނީ އުއްމީދުކުރީ ރަން މެޑެއްޔަކަށް ކަމަށާއި އެކަމަކު ނައްޓާލި ވަގުތު އެންކަލަށް އެރި ތަދެއްގެ ސަބަބުން ނުދުވެވުނީ ކަމަށެވެ.

މިގޭމްސްގައި ރާއްޖޭގެ މުހައްމަދު މާޒިން ވާދަކުރީ ޕެރެލިމްޕިކް އިވެންޓުގައެވެ. މިއީ އައިއޯއައިޖީގައި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓަކު ވާދަކުރި ފުރަތަމަ ފަހަރެވެ.